މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް ގުދަނަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް ގުދަނަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނީގެ "ސަޕުލައި ޗެއިން މެނޭޖްމެންޓް ޑިވިޝަން"އިން ރާއްޖެއިން ބޭރުން ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 18 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ މިމަސައްކަތަށް ބޭނުންވާހަ އެންމެހާ ހުއްދަތައް އޮންނަ ފަރާތަކަށްވާންވާނެއެވެ.

     "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޑިސެންބަރު 25 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ޑިސެންބަރު 25 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

10 ޑިސެންބަރު 2025
ހޯދާ