ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ކާމުރަނގަފަންނުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ

  1. ފުވައްމުލަކު ކާމުރަނގަފަންނުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް  ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ގާޑިޔާ ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ އުސޫލު / ޤާވާއިދު އާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 14 ޑިސެމްބަރ 2025ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ އަތޮޅުގެ މީޓިންގް ރޫމްގައި (އަސުރުމާ މާލަމް) އޮންނާނެއެވެ.

 

  1. ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ އަތޮޅުގެ މީޓިންގް ރޫމްގައި (އަސުރުމާ މާލަމް) އޮންނާނެއެވެ.

 

 

 

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862823، 6862812

  އީމެއިލް: [email protected]

10 ޑިސެންބަރު 2025
ހޯދާ