ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. ވޮލީބޯލް ޗެލެންޖް 2026 – ފިރިހެން ޑިވިޝަން ގައި ބައިވެރިވުމަށް ހުޅުވާލުން

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއިން  އިންތިޒާމްކޮށްގެން 2026 ޖަނަވަރީ މަހު 25 ގައި ފެށުމަށް ހަމަޖެހިފައިވާ ދ. ވޮލީބޯލް ޗެލެންޖް 2026 ގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތައް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ޓީމުތައް 2025 ޑިސެމްބަރ 31 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަން ނޯޓު ކުރެއްވުން އެދެމެވެ. ޓީމް ލިސްޓް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 2026 ޖަނަވަރީ 12 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/e0z564vV7F?origin=lprLink

މި މުބާރާތުގެ ޤަވައިދު މި ޢިއުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 9978171 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

08 ޑިސެންބަރު 2025
ހޯދާ