ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

             މިއިދާރާގެ ބަޖެޓުން ޚަރަދުކޮށްގެން ވ.ފުލިދޫ ސިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މައުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށައެޅުން.

10- ސިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތާއި ބެހޭގޮތުން މައުލޫމާތު ދިނުން އޮންނާނީ 14 ޑިސެމްބަރ 2025 ވާ އާދީއްތަދުވަހުގެ 13:00 ފެލިދެއަތޮޅުފުލިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.

02- އަންދާސީ ހިސާބު ހުށައެޅުން އޮށްނާނީ 17 ޑިސެމްބަރ 2025 ވަނަ ބުދަދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދަރާގެ ޖަލްސާކުރާމާލަމުގައެވެ.

އިތުރުމައުލޫމާތު.

  • މިމަސައްކަތައް ހުށައަޅާ އަންދާސީހިސާބުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު ( ނަން. އެޑްރެސް، ގުޅޭނެ ފޯނުނަންބަރ) އަދި މަސައްކަތުގެ ޖުމްލައަގު އެނގެން އޮށްނަންވާނެއެވެ. ކޮންމެފަރާތަކަށް ހުށައެޅޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ.
  • މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ.
  • އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގައި މާކުސްދެވޭނީ ތިރީގައިވާކަންކަމަށެވެ.

މަސައްކަތްޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް.

 

އިންސައްތަ

ތަފްޝީލް

65%

ހުށައަޅާފައިވާއަގު (އެންމެކުޑައަގު ބެންޗް ބެންޗްމާކުކަމުގައި ބަލައިގެން)

10%

ކުންފުނި، އަމިއްލަވިޔަފާރި، އަދި ކޯޕަރޭޓިވް ސޮސައިޓީ

5%

އަމިއްލަ ފަރާތް

20%

މުއްދަތު

 

އަންދާސީ ހިސާބާއި އެކު ހުށައަޅަންޖެހޭ ލިޔުންތައް.

 

ހ- އަންދާސީ ހިސާބު

 

ށ- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

 

ނ- ޖީއެސްޓީ ރަޖިސްޓޭޝަން ކޮޕީ

 

ރ- މަސައްކަތުގެ ތަޖުރިބާ އެނގޭނެ ދޫކުރިފަރާތުގެ ތައްގަނޑުޖެހި ލިޔުން.

 

ބ- އަމިއްލަފަރާތެއްނަމަ އައިޑީކާޑް ކޮޕީ

 

ހުށައަޅާންޖެހޭ ލިޔުންތައް އަންދާސީހިސާބާއި އެކު ހުށައަޅުއްވާފައިނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

އަންދާސީ ހިސާބުތައް ހުންނަށްވާނީ ސިޓީ އުރައިގާ ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަންހުށައަޅާފަރާތުގެ ނަން ލިޔެފައި އިންނަންވާނެއެވެ.

 

     ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ. 

 

10 ޑިސެންބަރު 2025
ހޯދާ