ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުޓްސަލް ކޭމްޕެއް ހިންގައިދޭނެ ފަރާތެއް ހޯދުން
ނަންބަރު: 258/258/2025/93(IUL)
އިޢުލާން
ފުޓްސަލް ކޭމްޕެއް ހިންގައިދޭނެ ފަރާތެއް ހޯދުން
ހަނިމާދޫގައި ފުޓްސަލް ކޭންޕެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތައް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ކޯޓޭޝަން ހުށައެޅުމުގެ ސުންގަޑި އަކީ 2025 ޑިސެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއިގެ އީމެއިލް [email protected] އަށެވެ.
ކޭމްޕްގެ މައުލޫމާތު
- ފުޓްސަލް ޓްރްއިނިންގ ކޭމްޕަށް 15 ދުވަހު ޓްރެއިނިންގ ހިންގައިދޭންވާނެއެވެ.
- ޓްރްއިނިންގ ކުރިޔައް ގެންދަންވާނީ ދެ ޖިންސް އަށް ވަކިންނެވެ.
- ކޮންމެ ޖިންސްއަކަށް ދުވާލަކު ދޮޅު ގަޑިއިރު ޓްރްއިނިންގ ދޭންވާނެއެވެ.
- ޓްރްއިނިންގ ދޭންވާނީ ފުޓްސަލް ކޯޗިން ކޭމްޕް ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅުންނެވެ.
- ޓްރްއިނިންގ އަށް ބޭނުންވާ ބޯޅަ ބިބް ކައުންސިލްއިން ފޯރުކޮށްދޭނެއެވެ.
- ކޭމްޕް އޮންނާނީ 2025 ޑިސެމްބަރ 15 އިން 2025 ޑިސެމްބަރ 30 ގެ ނިޔަލަށެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޖުމާދަލްއާޚިރާ 1447
10 ޑިސެމްބަރ 2025
10 ޑިސެންބަރު 2025
ހޯދާ
