ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަޑެއްލާ ސްކޫލް ކުލާސްރޫމްތައް އޭސީކުރުމަށް އެކަށޭނަ މިންވަރަކަށް ބަންދުކުރުމާ ގުޅޭ
ސްކޫލް ކުލާސްރޫމްތައް އޭސީކުރުމަށް އެކަށޭނަ މިންވަރަކަށް ބަންދުކުރުން
ނަޑެއްލާ ސްކޫލުގެ ކުލާސް ރޫމްތައް އޭސީ ކުރުމަށް އެކަށޭނަ މިންވަރަށް ބަންދުކުރުމަށް ސުކޫލުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށެހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
- މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން، 14 ޑިސެންބަރ 2025 ވާ އާދީއްތަ ދުވަހު މެންދުރުފަހު 13:00 ގައި ސުކޫލަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހަޅުއްވާ ކޯޓޭޝަންތައް ހުންނަންވާނީ މާލިއްޔަތު އުޞޫލަށްފެތޭގޮތަށް ރެޖިސްޓްރީކުރެވިފައިވާ ވިޔަފާރީގެ ލެޓަރހެޑްގައި ވެރިފަރާތުގެ ސޮޔާއެކުގައެވެ. އަދި ކޯޓޭޝަނާއެކު ވިޔަފާރި ރަޖިސްޓްރީ ކޮޕީގެ އިތުރުން ވިޔަފާރީގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
- ކޯޓޭޝަން ބަލައިގަތުން އޮންނާނީ 14 ޑިސެންބަރ 2025 ވާ އާދީއްތަ ދުވަހު މެންދުރުފަހު 13:00 ގައި ނަޑެއްލާ ސްކޫލުގެ ޕްރިންސިޕަލް ކެބިންގައެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކުގެ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ދެވިފައިވާ ސުންގަޑީގެ ކުރިން ސުކޫލު އިދާރާއިން ނުވަތަ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނާނެއެވެ.
- ނަޑެއްލާ ސްކޫލް، ގދ ނަޑެއްލާ
- ފޯން: / 68400647900920
- އީ-މެއިލް: [email protected]
10 ޑިސެންބަރު 2025
ހޯދާ
