މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުން

އިޢުލާން

 

1447 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުން

         1447 ވަނަ އަހަރުގެ ރަމަޞާން މަހު މ.މުލީ މަސްޖިދުލް މުސާވާތުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުމަށް ވަނީ ބޭނުންވެފައެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންކަން ހިމަނުއްވާ 2025 ޑިސެމްބަރ 16 ވަނަ ދުވަހުގެ  13:00 އަށް މި އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

1.    ޙާފިޡްގެ އެލަވަންސް.

2.    ޙާފިޡް ރައްޖެއިން ބޭރު ގެނައުމާއި ގެންދިއުމުގެ ވައިގެ މަގުގެ ދަތުރުތަށް.

3.    މާލޭގައި ހުންނަ ދުވަސްތަކުގެ އެކޮމަޑޭޝަން.

4.    މާލޭގައި ހުންނަ ދުވަސްތަކުގެ ކެއުން.

5.    މުއްޔަށް ގެނައުމާއި ގެންދިޔުން.

  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

09 ޑިސެންބަރު 2025
ހޯދާ