މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަރު ކުޑަކުދިންގެ ޕާކް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މާފަރު ކުޑަކުދިންގެ ޕާކް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން 

މި އިދާރާގެ ނަންބަރު (IUL)290/290/2025/75 އިއުލާނަށް ހުށައަޅާފައިވާ ބީލަންތަކުގެ އަގުތައް ކައުންސިލުން ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރުވާތީ އަލުން މި މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރަމެވެ.
 

މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި، އެއްގޮތަށް ނ. މާފަރު ކުޑަކުދީންގެ ޕާކުގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

 

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 14 ޑިސެންބަރު 2025 ވާ (އާދިއްތަ) ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޝެޝަން ކުރިއަށް ގެންދިއުން އޮންނާނީ 15 ޑިސެންބަރު 2025 ވަނަ ދުވަހުގެ 13:30 ގައި މާފަރު ކައުންސިލް އިދާރާގައެވެ. ރަޖިސްޓުރީކުރެއްވުމަށް ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވާ  ކައުންސިލްގެ މެއިލް އެޑްރެސް:[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ.  ބީލަމުގައި ރަޖިސްޓަރވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓާއި، މަޢުލޫމާތު ކަރުދާސް އަދި ކުރެހުންތައް ފޯރުކޮށްދެވޭނެއެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

14 ޑިސެންބަރު 2025 (އާދިއްތަ)

12:00

ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުން

15 ޑިސެންބަރު 2025 (ހޯމަ)

13:30

އަންދާސީ ހިސާބު ހުށަހެޅުން

18 ޑިސެންބަރު 2025 (ބުރާސްފަތި)

13:00

 

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މާފަރު ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ

ދަނބުހިނގުން ނ. މާފަރު ކައުންސިލްގެ ދިވެހިރާއްޖެ.

ފޯން: 6560005/ 9665339

އީ-މެއިލް[email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

09 ޑިސެންބަރު 2025
ހޯދާ