ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫ ކައުންސިލަށް 08 ސީޓްގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ކުމުންދޫ ކައުންސިލް އިދާރާއަށް 08 ސީޓްގެ ބަގީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 16 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާކަމުގައި ދަންނަވަމެވެ.

ލިންކް: https://forms.office.com/r/5eLnBHnd5v?origin=lprLink

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

16 ޑިސެމްބަރ 2025 (އަންގާރަ)

10:00

ރަޖިސްޓަރ ވުމުގެ ސުން ގަޑި

16 ޑިސެމްބަރ 2025 (އަންގާރަ)

10:00

ޕްރީ ބިޑް ބައްދަލުވުން

16 ޑިސެމްބަރ 2025 (އަންގާރަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

21 ޑިސެމްބަރ 2025 (އާދިއްތަ)

13:00

  
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ޑިސެންބަރު 2025
ހޯދާ