ދިވެހިރާއްޖެ
1 ޖެނުއަރީ 2026 އިން 31 ޑިސެމްބަރ 2026 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރވެ، ދެންނެވިފައިވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީ ވުން
|
ބީލަމުގައި ރަޖިސްޓްރީވުން |
މަޢުލޫމާތު ސާފުކުރުން |
ބިޑް ހެށަހެޅުން |
|
ލިންކް: |
ތާރީޚް: 18 ޑިސެމްބަރ 2025 |
ތާރީޚް: 23 ޑިސެމްބަރ 2025 |
|
ތާރީޚާއި ސުންގަޑި: 9 ޑިސެމްބަރ އިން ފެށިގެން 15 ޑިސެމްބަރ 2025 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް |
ތަން އަދި ސުންގަޑި: ވާދޫ ޖަމާލުއްދީން ސްކޫލް 13:00 |
ތަން އަދި ސުންގަޑި: ވާދޫ ޖަމާލުއްދީން ސްކޫލް 13:00 |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ އަދި ބީލަމުގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 7983084 އާ ގުޅުއްވުން އެދެމެވެ.
