ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، ގިފްޓްޕެކް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ތާވަލްއާއި އެއްގޮތަށް މިއޮތޯރިޓީއަށް ހާޞިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
16 ޑިސެންބަރު 2025 |
އަންގާރަ |
11:00 |
|
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި |
21 ޑިސެންބަރު 2025 |
އާދިއްތަ |
11:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
24 ޑިސެންބަރު 2025 |
ބުދަ |
11:00 |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 11:00 އަށް އޮތޯރިޓީއަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މި ބީލަމުގެ އާރް.އެފް.ޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.
