ދިވެހިރާއްޖެ
މަސްޖިދުލް ފަލާޙްގައި ނެވިލޯން އެޅުން
މ.މުލަކު މަސްޖިދުލް ފަލާޙްގައި ނެވިލޯން (ވނިއަލް) އެޅުމުގެ އެންމެހާ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ވާ ގޫގުލް ފޯރމް މެދުވެރިކޮށް 2025 ޑިސެމްބަރ 18 ދުވަހުގެ 11:00 ކުރިން، ބީލަމަށް ރަޖިސްޓުރީވުން އެދެމެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/uerVKnDFCDoYrmKbA
އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 21 ވަނަ ދުވަހުގެ 10:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.
މަސައްކަތާއި ގުޅިގެން ތައްޔާރުކުރާ ބިޑު ޑޮކިޔުމަންޓް ތައްޔާރު ކުރުމަކީ ބިޑް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބިޑް ތައްޔާރުކުރުމުގައި މި މަސައްކަތާއި ގުޅިގެން އެރުވިފައިވާ މަޢުލޫމާތު ޝީޓްގެ 08 ވަނަ މާއްދާއަށް ރިއާޔަތް ކުރަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހުޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ޤަބޫލުނުކުރެވޭނެކަމުގައި ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހުސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި މަސައްކަތަށް އެދި ހުށަހަޅެމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު: 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް
މުލަކަތޮޅު މުލަކުކައުންސިލް އިދާރާ / މ. މުލައް
ފޯން: 6723713 ނުވަތަ 6723711 ( ރަސްމީ ގަޑީގައި )
އީމެއިލް: [email protected]
މިިއީ މި މަސައްކަތަށް ކުރެވޭ ދެވަނަ އިޢުލާނެވެ. މިކަމާއި ގުޅިގެން ކުރެވުނު ފުރަތަމަ ނަންބަރު : (IUL) 364-ESMS/364/2025/42 އިޢުލާންވަނީ ބާތިލު ކުރެވިފައެވެ.
19 ޖުމާދަލްއާޙިރާ 1447
09 ޑިސެންބަރު 2025
