ދިވެހިރާއްޖެ
ނަންބަރު: (IUL)354/354/2025/39
އިޢުލާން
އދ.ދިއްދޫގައި 1 އަހަރުދުވަހަށް ކުނި މެނޭޖުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެފަރާތެއް ބޭނުންވެއްޖެ
ކުނިމެނޭޖުކޮށް ބަލަހައްޓާ ފަރާތުން ތިރީގައި މި ދަންނަވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ރަށުގެ ވަށައިގެން ބެހެއްޓިފައިވާ ޑަސްޓްބިންތައް ކޮންމެދުވަހަކު ނަގައި ސާފުކުރުން
- ހަފްތާއަކު 5 ދުވަހު ރަށުގެ ހުރިހާގެއަކު އުފެދިފައިވާ ކުނިނަގައި ކުނިގޮނޑަށް ގެންދިއުން
- ލަކްސް މޯލްޑިވްސްއިން ޕްލާސްޓިކް ކަލެކްޓްކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ކުނިގޮނޑުގައި ހުރި ޕްލާސްޓިކް ޖަންބޯބޭގްތަކުގައި ބަނދަރަށް ނެރުން
- ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުން
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ރަނގަޅަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި މި ކައުންސިލަށް އަގުހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނަންބަރު 6680057 ފޯނަށް ގުޅުއްވުން އެދެމެވެ.
ނޯޓު: ކައުންސިލުން ފޯރުކޮށްދޭ ފޯމެޓާއި އެއްގޮތަށް އަގު ހުށަހެޅުއްވުންއެދެމެވެ. ފޯމު ލިބޭނީ ރަސްމީ ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް ކައުންސިލް އިދާރާއިންނެވެ.
19 ޖުމާދިލްއާޚިރާ 1447
9 ޑިސެމްބަރ 2025
