ދިވެހިރާއްޖެ
މިކުންފުނީގައި ބޭނުންކޮށްފައިވާ ޓޮޔޯޓާ ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައިވެއެވެ. ސިޓީލާ ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 16 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުއެވެ. މި ޕިކަޕް އޮންނާނީ އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު) ގައެވެ.
|
ނީލަން ނަމްބަރ |
ނަން |
މުދަލުގެ ފެންވަރު |
ތަކެތި ހުރިތަން |
ނީލަން ފެށޭއަގު |
އިތުރުކުރެވޭއަގު މަދުވެގެން |
|
S-2025/01 |
ޓޮޔޯޓާ ޕިކަޕް |
ހަލާކުވެފައި |
އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު) |
30,000.00ރ |
2,000.00ރ |
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި10,000/-ރ (ދިހަހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ 001-100668-7717 އަށް ޖަމާކުރަން ވާނެއެވެ. އަދި ނީލަމައް އަގުހުށަހެޅުމަށް ސިޓީ ފޮނުއްވާނީ ޓްރޭޑިންގ ޑިވިޜަން ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު) އަށެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00 ގެ ފަހުން މިޑިވިޜަންގެ ނޯޓިސްބޯޑުން ފެންނާން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށައެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ނީލަމާއި ގުޅުންހުރި އިތުރު މަޢުލޫމާތު މިކުންފުނީގެ އޮކްޝަން ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.
