ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި "ޝިފޫސް ޙިޖާމާ ތެރަޕީ" ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ޙިޖާމާ ޖެހުމުގެ ސެޝަންގެ، 3 ވަނަ ބުރު 11 ޑިސެންބަރު 2025 އިން 12 ޑިސެންބަރު 2025 އަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސެޝަން ތައް ކުރިޔަށްދާނީ ދެޖިންސަށް ހުޅުވާލައިގެން، ފުރަތަމަ އަދި ދެވަނަ ބުރުގައި ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށާއި، ކުރިން ޙިޖާމާ ޖަހާފައިވާ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށެވެ. އެހެންކަމުން ޙިޖާމާ ޖެހުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/vzRJtq6zc5
ރަޖިސްޓްރޭޝަން ސުންގަޑި: 10 ޑިސެންބަރު 2025، 14:00
އިތުރު މަޢުލޫމާތު ހޯދުމަށާއި ނަންނޯޓުކުރުމަށް: 9805232 (އަޙްމަދު ފަޒްލީމް) އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
