މާލެއަތޮޅު ހުރާ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރ

އިޢުލާނު

މަޤާމު

މަޤާމުގެ ނަންބަރު

ބޭނުންވާ ޢަދަދު

ސްކޫލް ހެލްތް އެންޑް ސޭފްޓީ އޮފިސަރ

J-400235

1

 

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސާރވިސް ރޭންކު:

ޕަބްލިކް ސާރވިސް ރޭންކް 5 (ސްޓެޕް 1 )

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުރާ ސްކޫލް – ކ.ހުރާ

މުސާރަ:

9825.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

2947.00 ރުފިޔާ

ހާޒިރީ އެލަވަންސް:

80.00 ރުފިޔާ (ހާޟިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަރިވަރުންގެ ޞިއްޙީ ،ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހަދާފައިވާ ޕޮލިސީތަކާއި ސްކޫލްގެ މާޙައުލުގެ ސަލާމާތާއި ރައްކާތެރިކަމަށް ހަދާފައިވާ ޕޮލިސީތަކަށް ރިޢާޔަތްކޮށް ސްކޫލް ހަދާފައިވާ މިފަދަ ޕޮލިސީތައް ، ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ސްކޫލްގައި ތަންފީޒު ކުރުން.
  2. ސްކޫލްތަކަކީ ހެލްތް ޕްރޯމޯޓިންގ ސްކޫލްތަކަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ކުރުމާއި މިކަމަށް ބޭނުންވާ ފަންނީ އެހީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނުން ހޯދުން.
  3. ކޮންމެ އަހަރަކު ސްކޫލްގައި ހިންގާ ސްކޫލް ހެލްތް އެންޑް ސޭފްޓީގެ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ތާވަލް ތައްޔާރުކުރުމާއި އަހަރު ނިމުމުން ހަރަކާތްތަކާއި ޕްރޮގްރާމް ތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި އެ ރިޕޯޓް ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމާގުޅުން ހުރި ފަރާތްތަކާއި ހިއްސާ ކުރުން.
  4. ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެއްވެސް ދަރިވަރަކު ދާއިމީ ބައްޔަކަށް ބޭސްކުރޭތޯ ބެލުމާއި، ބޭނުން ކުރަންޖެހޭ ބޭހެއް ހުރިތޯ ބަލައި އެފަދަ ބޭހެއް ބޭނުން ކުރާނަމަ އެމަޢުލޫމާތު ބެލެހެއްޓުމާއި ސްކޫލްގައި އުޅޭ ގަޑިތަކުން ގަޑިއެއްގައި ބޭސް ބޭނުން ކުރަން ޖެހޭނަމަ ބެލެނިވެރިޔާގެ ބެލުމުގެ ދަށުން އެދަރިވަރަކަށް އެ ބޭސް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި އެކަން ކުރެވޭނެ އިންތިޒާމް ހަމަޖއްސައިދިނުން.
  5. މިނިސްޓްރީ އޮފް އެޑިޔުކޭޝަން ކަނޑައަޅާ ތާރީޚަކަށް ކަނޑައަޅާ ގްރޭޑް ތަކެއްގެ ހެލްތް ސްކްރީނިންގ ސްކޫލްގެ ވެރިން ހަމަޖައްސަވާ އުޞޫލެއްގެ މަތީން ކަމާއި ގުޅޭ ފަރާތްތަކާއި (ހޮސްޕިޓަލް/ސިއްޙީ މަރުކަޒު) ގުޅިގެން ނިންމުން.
  6. ސްކޫލްގެ ހެލްތް ރޫމްގެ ވަޞީލަތްތަކާއި ފަސްޓް އެއިޑް ވަސީލަތްތަކުގެ އިންވެންޓްރީއެއް ތައްޔާރުކޮށް ބެލެހެއްޓުމާއި ހެލްތް ރޫމް އިން ދޭ ޚިދުމަތްތައް ފަސްޓް އެއިޑް ގެ ޚިދުމަތާއި ބޭސް އަޅައިދިނުމުގެ ޚިދުމަތް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއް ނެތި ދިނުން.
  7. ނޭޝަނަލް ވެކްސިނޭޝަން ޝެޑިއުލްގައި ހިމަނާފައިވާ މަޖުބޫރު ވެކްސިން ހުރިހާ ދަރިވަރުން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމާއި، ވެކްސިން ފުރިހަމަ ނުވާ ދަރިވަރުންނަށް ވެކްސިން /  ބޫސްޓަރ ޖެހޭނެ އިންތިޒާމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނާއި މަޝްވަރާކޮށްގެން ހަމަޖެއްސުން.
  8. ދަރިވަރުންގެ ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށް ސްކޫލްގެ ވެރިންގެ ލަފަޔާއެކު ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރަވާއި ހިންގައި ބެލެހެއްޓުމާއި، ދަރިވަރުންގެ ހެދިބޮޑުވުން (ހައިޓް/ވެއިޓް) ބެލެހެއްޓުމާއި، ދަރިވަރުންނަށްދޭ ފަނިބޭސް/ ވިޓަމިން އޭ ކެޕްސޫލް ޕްރޮގްރާމް ބެލެހެއްޓުމާއި، ރިޕޯރޓް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
  9. ސްކޫލުން ބޭރުގައި، ސްކޫލުން ރާވައިގެން ހިންގާ ހަރަކާތް ތަކުގައި ދަރިވަރުންނަށް ފަސްޓްއެއިޑްގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދަރިވަރުންގެ ރައްކަތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

ހެލްތު ސާވިސަސް

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތް
  • ނާރސިންގ
  • ޕްރައިމަރީ ހެލްތް ކެއަރ
  • ޕަބްލިކް ހެލްތް
  • ހެލްތް ޕްރޮމޯޝަން

މަޤާމަށް ޕްރިފަރޑް ޑިސިޕްލިން ކަނޑައަޅާފައިވާ ނަމަ، ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމަށް ކޯ ޑިސިޕްލިން ކަނޑައަޅާފައިވާ ނަމަ، ކޯ ޑިސިޕްލިން: ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:ކޮމިއުނިޓީ ހެލްތް،ނާރސިންގ،ޕްރައިމަރީ ހެލްތް ކެއަރ،ޕަބްލިކް ހެލްތް ،ހެލްތް ޕްރޮމޯޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   

https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pn

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

 

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް އޭ2 ޝީޓުން ޖުމްލަ 60 ޕޮއިންޓް ލިބެންވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޑިސެމްބަރ 2025 ވާ ބުދަދުވަހުގެ ގެ 12:00 ގެ ކުރިން، ހުރާ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 21 ޑިސެމްބަރ 2025 އާއި 24 ޑިސެމްބަރ  2025 އާއި ދެމެދު ހުރާ ސްކޫލުގައެވެ.  

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640177 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

08 ޑިސެންބަރު 2025
ހޯދާ