މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުގެ ހުޅަނގުކޮޅު ހުސްކުރުމާއި ގުޅޭ

           (IUL)307/INDIV/2025/66:ނަންބަރު

މުދާ އަރުވާ ބޭލުމަށާއި އެމްޓީސީސީގެ ބޭނުމަށް މިރަށު ބަނދަރު ފަޅުތެރޭގެ ހުޅަނގު ކޮޅުގައި އަޅާފައިވާ އެކިއެކި ފަރާތްތަކުގެ އުޅަނދުތަކުގެ ސަބަބުން ބޭނުންނުކުރެވި، އަރާފޭބުމަށް ބެނުންކުރަމުން ދިޔަ ބަނދަރުގެ އުތުރު ޖެޓީ ސަރަހައްދަށް އުޅަދުތަށް ތޮއްޖެހި މުދާ ބޭލުން އިތުރުވެ، އާރާފޭބުމަށާއި އާރުޓީއެލް ފެރީ ފަދަ ޕަބްލިކް ޓްރާސްޕޮޓޭޝަން ގެ ބޭނުންތަކަށް ނުހަނު ދަތިވެފައިވާކަން ފާހަގަކުރަމެވެ!

ވީމާ، ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ހަވާލުވެފައިވާ އެމްޓީސީސީގެ ބޭނުންތަކަށާއި މުދާ އެރުވުމާއި ބޭލުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް މިއަދުންފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުޅަނގު ޖެޓީގައި އަޅާފައިވާ އުޅަނދުތައް ނަގާ އެސަރަހައްދު ހުސްކުރުމަށް ދަންނަވަމެވެ. އަދި އަރާ ފޭބުމަށް ބޭނުންކުރަމުން އަންނަ ސަރަހައްހަދު (ފަޅުގެ ނެރާއި ސީދާވާ ދިމާލުން ޖެޓީގެ އުތުރު ފަޅި) ގައި އެއްވެސް އުޅަނދެއް އަޅާފައި ނުބޭއްވުމަށް އިލްތިމާސް ކުރަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2025
ހޯދާ