މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގައި ދޯނިފަހަރު ނުބޭއްވުމާއި ބެހޭ

                    ދުވާފަރުގައި ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވާތީ، މިކަމަށްޓަކައި ސަރުކާރުގެ ވަފުދުތަކާއި ގިނަ ޢަދަދެއްގެ މެހެމާނުން ދުވާފަރަށް ޒިޔާރަތް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިއަދުން ފެށިގެން 2025 ޑިސެމްބަރ 14 ވާ ދުވަހުގެ ނިޔަލަށް، ދުވާފަރު ބަނދަރު ސަރަޙައްދުގައި ހާއްސަކޮށް ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގައި އޮޑިދޯނިފަހަރު އަޅަފައި ނުބޭއްވުމަށް ދަންނަވަމެވެ. މިސަރަޙައްދުތައް ބޭނުންކުރެއްވޭނީ ހަމައެކަނި މީހުން އަރާއި ފޭބުމަށްށާއި މުދާ ބޭލުމަށްކަން ދަންނަވަމެވެ.                  

                 މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. މިފުރުސަތުގައި މިފަދަ ކަންކަމުގައި ތިޔަ ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ. 

08 ޑިސެންބަރު 2025
ހޯދާ