ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ކައުންސިލުގެ "ކަސިދާ 3" ރާވާ ހިންގާނެ ފަރާތެއް ހޯދުން.
ތިނަދޫ ސިޓީގައި ދިރިއުޅޭ ދަރިވަރުން ދީނީ ކަންކަމަށް މަގުފަހި ކުރުމަށްޓަކައި "ކަސީދާ 3" މިނަމުގައި ނަމާދު ޕްރޮގުރާމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމް ރާވާ ހިންގާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މެއިލް މެދުވެރިކޮށް ބީލަމުގެ ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވުމުން، ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 17 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.
BID REGISTRATION FORM - THINADHOO CITY COUNCIL – Fill out form
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
|
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
|
|
ބީލަމަށް ރަޖިސްޓްރީކުރެއްވުން |
8 ޑިސެމްބަރ 2025 އިން 17 ޑިސެމްބަރ 2025އަށް |
ބުދަ |
17 ޑިސެމްބަރ 2025 ގެ 14:00 ގެ ކުރިން |
ލިންކް މެދުވެރިކޮށް |
||
|
ބީލަން ހުށަހެޅުން |
28 ޑިސެމްބަރ 2025 |
އާދިއްތަ |
11:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
||
18 ޖުމާދުލްއާޚިރު 1447
