ދިވެހިރާއްޖެ
އިޢުލާން
ލައިސަންސް ދޫކުރުން
މި އޮތޯރިޓީ އިން 04 ޑިސެންބަރު 2025ގެ ތާރީޚުގައި ޝާއިޢުކޮށްފައިވާ އޮތޯރިޓީގެ ނަންބަރު 4/1/2025/14 -179 (IUL)ގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގައި ހިމެނިފައިވާ ކުށަކާއި ގުޅިގެން، މި އިޢުލާން ބާޠިލުކޮށްފައިވާ ކަން އާންމުކޮށް އަންގައި އިޢުލާން ކުރަމަވެ.
އަދި ދަންނަވަމެވެ. އަންނަނިވި ތާވަލުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް 04 ޑިސެންބަރު 2025 އިން ފެށިގެން 5 (ފަހެއް) އަހަރު ދުވަހަށް، ޤާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)ގެ ދަށުން، އަންނަނިވި ލައިސަންސްތައް ދޫކޮށްފައިވާކަން، އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
|
# |
ލައިސަންސްގެ ބާވަތް |
ލައިސަންސް ލިބިފައިވާފަރާތް |
|
1. |
އިންވެސްޓްމަންޓް އެޑްވައިޒަރ ލައިސަންސް |
ނުކޫދް ބްރޯކަރޭޖް ޕްރައިވެޓް ލިމިޓެޑް (C27102024) |
|
2. |
ޕްރިންސިޕަލް އެޑްވައިޒަރ ލައިސަންސް |
ނުކޫދް ބްރޯކަރޭޖް ޕްރައިވެޓް ލިމިޓެޑް (C27102024) |
|
3. |
ޑީލާޒް ރެޕްރެޒެންޓެޓިވް (ބްރޯކާޒް) ލައިސަންސް |
އަލްފާޟިލް ޒިޔާފް މުޙައްމަދު (A350054) |
މީގެ އިތުރުން، އޮތޯރިޓީ އިން ދޫކޮށްފައިވާ ލައިސަންސް ލިބިގެން މިހާރު މާރކެޓުގައި ހަރަކާތްތެރިވަމުން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތު، ލައިސަންސް ދޫކުރެވިފައިވާ ފަރާތްތައް؛ މި ނަމުގައި އޮތޯރިޓީގެ ވެބްސައިޓުގައި މި ކަމަށް ޚާއްޞަކުރެވިފައިވާ ސަފުހާގައި ހާމަކޮށްފައިވާނެ އެވެ.
17 ޖުމާދަލްއާޚިރާ 1447
07 ޑިސެންބަރު 2025
----------------------------------
