| 
 ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ. 
 | 
| 
 މަޤާމު 
 | 
 ފައިނޭންސް އޮފިސަރ 
 | 
| 
 މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން 
 | 
 އޮފިސަރ 
 | 
| 
 މުސާރަ 
ސަރވިސް އެލަވަންސް 
ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް 
 | 
 -/12,000 އާއި -/17,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް) 
 | 
| 
 ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން 
 | 
 ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން 
 | 
| 
 ބޭނުންވާ އަދަދު 
 | 
 1 
 | 
| 
 ޝަރުޠު 
 | 
- އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
-  އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
  | 
| 
 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ކޯޕަރޭޝަންގެ ދުވަހުން ދުވަހަށް އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފަރާތްތަކަށް ހަވާލުކުރުން.
 
- އެކިއެކި ފަންޑުތަކާބެހޭ ހިސާބުތައް ގަވާއިދުން ބަލަހައްޓައި ރިޕޯޓުތައް ތައްޔާރު ކުރުން.
 
- އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުން.
 
- ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާރޓްމަންޓްގެ ދުވަހުން ދުވަހަށް ރިކޯޑު ބެލެހެއްޓުމައި، ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓުތައް ތަޔާރުކުރުން. އަދި ގަވާއިދުން ފައިނޭންޝަލް އިންފޮމޭޝަން އަޕްޑޭޓްކުރުން.
 
- ކޯޕަރޭޝަނުން ހިންގާ އެންމެހައި ޕްރޮގްރާމުތަކެއްގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމުތަކުގެ ޚަރަދުތައް ކަނޑައަޅާފައިވާ ބަޖެޓުތަކުގެ ތެރޭގައި ކުރިއަށް ގެންދާކަން ޔަގީންކުރުން.
 
- ކޯޕަރޭޝަނުގައި ޢަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްސްތަކަކީ ފައިސާގެ މުޢާމަލާތްތައް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ބާރުއަޅާ ކޮންޓްރޯލްސްތަކެއްކަން ޔަގީންކުރުން.
 
- އިންޓަރނޭޝަނަލް ފައިނޭންސަލް ރިޕޯޓިން ސްޓޭންޑަރޑްތަކާއި، އާންމުކޮށް ގަބޫލުކުރާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓައި ތައްޔާރުކުރުން.
 
- ކޯޕަރޭޝަންގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެންމެހައި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
 
- ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓްގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކޮށް ޕްލޭން ކުރުމުގައި އެހީތެރިވެދިނުން.
 
- ފައިނޭންސް ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ދުވަހުން ދުވަހަށް ނިންމުން.
 
- މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.
 
  | 
| 
 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: 
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
 
- ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
 
  | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  
- ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
 
 
 | 
- ސުންގަޑި: 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
 
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 16 ނޮވެންބަރު 2015 އާއި 19 ނޮވެންބަރު 2015 އާ ދޭތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި އޮންނާނެއެވެ.
 
 
 | 
| 
 30 މުޙައްރަމް 1437   
 |