މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކަށް ވަގުތީ މުވައްޒަފުން ހަމަޖެއްސުމާއި ގުޅޭ

އިޢުލާނު

                        މިރަށުގެ ދެމިސްކިތުގައި ވަޒީފާ އަދާކުރައްވާ ދާއިމި އިމާމުންނާއި މުދިމުންނާއި، ކައުންސިލް އެސިސްޓެންޓުން އަހަރީ ޗުއްޓީ ނެގުމުން އަދި ސަލާމް ބުނުމުން ނުވަތަ އާއިލީޒިންމާ ޗުއްޓީނެގުމުން ވަގުތީގޮތުން މުދިންކަން ކޮށްދޭނޭ މީހުންނާއި، މަސައްކަތު މީހުންގެ ވަޒީފާ އަދާކުރުމަށް ނެގިފައިވާ ޕޫލްގައި ތިއްބަވާ ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ،  މިމަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.

                        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 11 ޑިސެމްބަރ 2025 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާ އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އައިޑީކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.  

                        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.

07 ޑިސެންބަރު 2025
ހޯދާ