ދިވެހިރާއްޖެ
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހު މަސްރޭހެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު މިރަށުގެ ދެޖިންސުގެ ފަރާތްތަކަށް ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. މަސްރޭހުގައި ބައިވެރިވެވޭނީ މަދުވެގެން 3 މީހުން އަދި ގިނަވެގެން 10 މީހުން (ދޯނި ކެޕްޓަން އަދި ފަޅުވެރިން ހިމެނޭހެން) ޓީމެއް އެކުލާވާލައި، މަސްރޭހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅައިގެންނެވެ. މަސްރޭހުގައި އެޓީމަކުން ބާނާ މަހާމެދު ޢަމަލު ކުރާނެ ގޮތެއް ނިންމާނީ އެޓީމަކުންނެވެ. އަދި މަހައްދާނެ އުޅަނދާއި ދުއްވާނެ ފަރާތާއި އަދި ބޭނުންކުރާނެ އާލާތް ހޯދާ އެކަމަށް ކުރަންޖެހޭ ޚަރަދު ކުރާނީ އެޓީމަކުންނެވެ.
މަސްރޭހުގައި އެއްމެ ގިނަ މަސް (ބަރުދަނުން) ބާނައިގެން 1 ވަނައަށް ދާ ޓީމަކަށް -/3000 (ތިންހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ދާ ޓީމަކަށް -/1500 (ފަނަރަސަތޭކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 3 ވަނައަށް ދާ ޓީމަކަށް -/1000 (އެއްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރުމަސް ބާނާ ފަރާތަކަށް -/500 (ފަސްސަތޭކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަސްރޭހުގެ ޤަވާއިދު އަދި މަސްރޭހުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމް ލިންކް މިޢިއުލާނާއެކު ވާނީ، އެއްކަރުދާސް ކުރެވިފައެވެ. މަސްރޭހުގައި ޓީމުތަކުން ބޭނުންކުރާނެ ކުލަ ކަނޑައަޅާނީ މިކައުންސިލުންނެވެ.
ވީމާ މި މަސްރޭހުގައި ބައިވެރިވަން ބޭނުންވާ ޓީމުތަކުން 09 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމް ހުށަހެޅުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9954440 ނަންބަރު ފޯނާއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
