ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރު (IUL)14-A4/1/2025/120 އިޢުލާނާ ގުޅިގެން 17 ނޮވެންބަރ 2025 ވަނަ ދުވަހު އަދި (IUL)14-A4/1/2025/131 އިޢުލާނާގުޅިގެން 27 ނޮވެންބަރ 2025 ގައި ބޭއްވި ނީލަމުގައިވެސް އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ، އަލުން ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 16 ޑިސެންބަރ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައި ކ.ތިލަފުށީ ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ދެފަރާތުން އެއްބަސްވާ އަގަކަށް ނީލަން ނިންމާލުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވަމެވެ.
ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.
ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 16 ޑިސެންބަރ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އަށް ކ.ތިލަފުށި ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
