ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑެވެލޮޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ ސޮފްޓްވެއަރ ޑެވެލޮޕަރގެ މަޤާމަށް މީހަކު ހޮވުމަށް ކުރެވުނު IUL)164/1/2015/107) ނަންބަރުގެ އިޢުލާނަށް އެކަށީގެންވާ ފަރާތެއް ކުރިމަތިލާފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތުގެ މުއްދަތު:

06 (ހައެއް) މަސްދުވަސް

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރުފަހު 14:00 (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި ހަވީރު 17:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

މަހަކު -/18,000

ފެންވަރު/ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  2. މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. PHP ނުވަތަ NET ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  4. Javascript ،HTML5 ،CSS3 ފަދަ ވެބް ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  5. MsSQL ނުވަތަ MySQL ފަދަ ޑޭޓާބޭސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  6. އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާނުލައި ޕްރޮޑަކްޝަން ލެވެލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތު ހުރުން.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އާއި "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ  www.ncit.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި، ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުމާއި، އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފަޔާއި އިރުޝާދުގެމަތިން ކަނޑައަޅައި، އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
  2. ކޮމްޕްލެކްސް ސޮފްޓްވެއަރ އެޕްލިކޭޝަން ސިސްޓަމްސްތައް ދެނެގަތުން.
  3. އެހެން މީހުންނާއެކު މަސައްކަތްކޮށް، އާ އެޕްލިކޭޝަންތައް ތައްޔާރުކުރުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.
  4. ހަވާލުކުރެވޭ ޕްރޮޖެކްޓް ޓެސްޓްކުރާނެގޮތް ޑިޒައިންކޮށް، އެކަން މެނޭޖްކުރުން.
  5. ސްޓޭންޑަޑްތަކާ އެއްގޮތް ސްފްޓްވެއަރއާ ގުޅޭ ޑޮކިއުމެންޓޭޝަން ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު:

 މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 23 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލަށް ([email protected] އަށް) ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ، [email protected]  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

30 މުޙައްރަމް 1437

12 ނޮވެންބަރު 2015
ހޯދާ