ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިންހޯދުން

މިރަށު ފަރިވާވިލާ ޢަލީ އަޒުވާނަށް ދޫކުރުމަށް ހަމަޖެހިފައިވާ ނަމްބަރ 46 ޖަހާފައިވާ ބަންޑަރަ ގޯއްޗަށް އަރާހުރި ވެރިއަކު ނޭނގޭ 03 ރުކާއި 01 ގަސް ނިކައިގެ ވެރިއަކު ވާނަމަ މިއަދުން ފެށިގެން 2025 ޑިސެމްބަރ 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ މައުލޫމާތު ދެއްވުން އެދެމެވެ. މި ގޯތި އޮންނާނީ މި ރަށު މެޖިސްޓްރޭޓް ކޯޓްގެ ހޮޅަނގުން އޮންނަ މަގުގެ އިރުން ނަންބަރު 43 ވިންޑީރެސްޓް މުޙައްމަދު ހާސިރު ގޯތިކައިރީގައެވެ. މި ރުއްގަހުގައި ފެހިކުލައިގެ ސްޕްރޭން ނަމްބަރު ޖަހާފައި ހުންނާނެއެވެ.   

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

07 ޑިސެންބަރު 2025
ހޯދާ