މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕްރީސްކޫލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

 

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕްރީސްކޫލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   ބީލަމުގައި ރަޖިސްޓްރީވާ ފޯމް މިއިދާރާއިންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅޭނީ 14 ޑިސެންބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

      ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހެޅި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 14 ޑިސެންބަރ 2025  ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 21 ޑިސެންބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ، އިޢުލާން ނަންބަރާއި،ކޮންކަމަކަށް ހުށަހަޅާ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.  ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.  

 

ފޯން ނަންބަރ :   4000079

 

އީމެއިލް  : [email protected]

 

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

                    16  ޖުމާދަލްއާޚިރާ    1446

 

                    07    ޑިސެންބަރ   2025

07 ޑިސެންބަރު 2025
ހޯދާ