ދިވެހިރާއްޖެ
މިކޯޓުގެ ގޯތިތެރެއަށްވާގޮތަށް ހުރި ގަސްތައްކޮށައި އަދި ކުނިތައް އުކާލާނެ ފަރާތެއް ހޯދުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
މިކޯޓުގެ ޢިމާރާތާއި ކައިރީގައި ޢިމާރާތުގެ ފުރާޅުމައްޗަށާއި ޢިމާރާތުގެ ގޯތިތެރެއަށްވާގޮތަށް ޢިމާރާތުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުގައި ހުރި 05 (ފަހެއް) ގަސް ކޮށައި އަދި ކުނިތައް އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޑިސެންބަރ 2025 ވަނަ ދުވަހުގެ 13:00 ގައި މިކޯޓަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކޯޓުގެ ނަންބަރު 6580605 އަށް ގުޅުއްވުން އެދެމެވެ.
16 ޖުމާދިލްއާޙިރު 1447
07 ޑިސެންބަރު 2025
