ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Invitation to Submit Proposals – New Year Drone Show

                          (IUL)VMC-PROC/1/2025/43 :ުނަންބަރ

އިޢުލާން

މި ކޯޕަރޭޝަނުން އާ އަހަރު ފާހަގަކުރުމަށް ބާއްވާ ޑްރޯންޝޯ ބޭއްވުމަށް ބަޔަކު ހޯދުން

މިކޯޕަރޭޝަނުން 2026 ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް ބާއްވަން ހަމަޖެހިފައިވާ ޑްރޯންޝޯ ބާއްވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި، 2025 ޑިސެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް، ހ.ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ.

އަދި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށްޓަކައި، 2025 ޑިސެމްބަރ 16 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް، ހ.ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2025 ޑިސެމްބަރ 14 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެސްއަށް އީމެއިލް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

                       

16 ޖުމާދަލްއާޙިރާ 1447

07 ޑިސެމްބަރ 2025

 

07 ޑިސެންބަރު 2025
ހޯދާ