ދިވެހިރާއްޖެ
2026 ވަނަ އަހަރު އިހައްދޫ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިސުކޫލުގެ 2026 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 5 ޑިސެމްބަރ 2025 ން 11 ޑިސެމްބަރ 2025ގެ 14:00ގެ ކުރިން މި އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
''ބިޑް ރަޖިސްޓްރީ ފޯމް'' ގެ ލިންކް: https://forms.gle/RuLvFQ3NRfTcZpE96
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 ޑިސެންބަރު 2025ގެ 14:00ގެ ކުރިން [email protected] އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 17 ވަނަ ދުވަހުގެ 11:00 ގައި އިހައްދޫ ސުކޫލުގައެވެ.
