މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ކަނޑައެޅުން

                                       އިޢުލާން

          ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރިޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީ އާއި، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވާތީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ދެވިފައިވާ ޤައުމީ ޙައިސިއްޔަތު 30 އޭޕްރީލް 2025 ގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ނަންގަވާފައެވެ. އަދި މި މިނިސްޓްރީގެ ނަންބަރު IUL)141-COS/141/2025/58) އިޢުލާނުން ވަނީ ޢާންމުކޮށް އިޢުލާނު ކުރެވިފައެވެ.

އެގޮތުން ކުރެވުނު އިޢުލާނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންގެ ބައިވެރިވުމާއެކު، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ބެޑްމިންޓަން ވާރލްޑް ފެޑެރޭޝަންގެ ބައިވެރިވުމާއެކު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންގޮސް، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް 2025 ނޮވެންބަރު 1 ގައި ގެނެސް އަދި 2025 ނޮވެންބަރު 22 ގައި ވަނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވިފައެވެ.

         ވީމާ، މަތީގައި ދަންނަވާފައިވާ ކަންކަން އެ މަގުން ކުރިއަށް ގެންގޮސް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވިފައިވާތީ، އެ އެސޯސިއޭޝަންގެ ކިބައިން ވަގުތީ ގޮތުން ނަގާފައިވާ ޤައުމީ ޙައިސިއްޔަތު އިޔާދަކޮށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ކުރިއެކޭވެސް އެއްގޮތަށް ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއް ކަމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ކަނޑައަޅާފައެވެ.

         މިހެންވެ މިކަން ޢާންމުކޮށް އިޢުލާނު ކުރީމެވެ.

04 ޑިސެންބަރު 2025
ހޯދާ