ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މޮޅަދޫގައި އެކޮމަޑޭޝަން ބްލޮކެއް އިމާރާތް ކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހއ.މޮޅަދޫގައި އެކޮމަޑޭޝަން ބްލޮކެއް އިމާރާތް ކުރުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

                  މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ހއ.މޮޅަދޫގައި އެކޮމަޑޭޝަން ބްލޮކެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 ޑިސެންބަރު 15 ވާ ހޯމަ ދުވަހުގެ 13:00 ގެ  ކުރިން [email protected] އަށް، އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު އީމެއިލް ކުރެއްވުން އެދެމެވެ.

                   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025  ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ހއ.މޮޅަދޫ ކައުންސިލްގެ އިދާރާގައެވެ.

                  މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6500031 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2025
ހޯދާ