ދިވެހިރާއްޖެ
2026 ވަނަ އަހަރު ބ. ކިހާދޫގެ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތު ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލަމަވެ. މި މަސައްކަތު ޕޫލަކީ ބ. ކިހާދޫގެ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި 2026 ވަނަ އަހަރު ކައުންސިލާއިއެކު މަސައްކަތް ކުރާނެ މަސައްކަތްތެރިންގެ ޓީމެވެ.
ބޭނުންވާ އަދަދު: 10
ދިހަފަރާތަށްވުރެ އިތުރަށް މިޕޫލްގައި ބައިވެރިވުމަށް ހުށަހަޅާފައިވާނަމަ، ޕޫލަށް ނެގޭނެ ފަރާތައް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ޕޫލުގައި ބައިވެރިވާ ފަރާތްތަކުގެ ޝަރުތުތައް:
- ދިވެހި ރައްޔިތެއް ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
މަސައްކަތު ގަޑި:
- ހަފްތާއަކު 3 ދުވަސް، ދުވާލަކު 6 ގަޑިއިރު
އުޖޫރަ:
- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 323.00 ރުފިޔާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނޫގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓިރިބިއުޝަން.
މުއްދަތު:
- 2026 ޖަނަވަރީ 01 އިން 2026 މާރިޗް 31 ގެ ނިޔަލަށް.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ބ. ކިހާދޫގެ އިޖްތިމާޢީ ސަރަޙައްދުތަކުގެ ގޮތުގައި ބަލަހައްޓާ އެންމެހާ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް.
- ބ. ކިހާދޫ ކައުންސިލުން ބަލަހައްޓަމުންދާ އެހެނިހެން އިމާރާތްތަކާއި ގޯތިފަދަ ތަންތަން.
މި ޕޫލްގެ ދަށުން މަސައްކަތް ކުރުމަށް ނަންނޯޓް ކުރާ ފަރާތްތަކާއިއެކު ކައުންސިލާއި ދެމެދު އެއްބަސްވުމެއް އެކުލަވާލާ، ކޮންމެ ބައިވެރިޔަކުވެސް މަސައްކަތް ކުރުމަށް ނިކުންނާނެ ދުވަސްތައް ކަނޑައެޅިގެން ދާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް އަދި އައިޑީކާޑް ކޮޕީ 2025 ޑިސެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ. މިޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
