ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންސް އެގްޒެކެޓިވް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު:‭(IUL)VMC-HR/1/2025/41 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ފައިނޭންސް އެގްޒެކެޓިވް

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާޓްމަންޓް / ސެކްޝަން: ފައިނޭންސް

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)،

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަނުގެ ފައިނޭންސް ޑިޕާޓްމަންޓުން  ޕްރޮސަސް ކުރަންޖެހޭ އެންމެހާ ޕޭމަންޓްތައް ޕްރޮސެސްކުރުމާއި، ރެކޯޑުތައް ބަލަހައްޓައި، ރިޕޯޓްކުރުން.
  2. ކޯޕަރޭޝަނުގެ ރިސީވަބަލްސް އަދި ޕޭޔަބަލްސް  ކްލިއަރ ކުރުމުގައި ޤަވާއިދުން ފޮލޯއަޕް ހެދުމާއި ރިކޮންސައިލްކޮށް މައްސަލަތައް ހައްލުކުރުމާއި، ރިޕޯޓްކުރުން.
  3. ކޯޕަރޭޝަނުގެ އަހަރީ ބަޖެޓު ތައްޔާރު ކުރުމުގައި އެހީތެރިވުން.
  4. ސެކްޝަނުގެ ލިޔެކިއުންތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި ފައިލްކުރުން.
  5. ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރު ކުރަންޖެހިއްޖެ ހާލަތެއްގައި ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރުކުރުން.
  6. އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުންގެ މަސައްކަތަށް އެއްބާރުލުންދިނުން.
  7. މީގެ އިތުރުންވެސް ކޯޕަރޭޝަނުން ރަސްމީކޮށް ހަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުން.
  8. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން..     

3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

11 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 15:15 ގެ ކުރިން[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4- ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5- އިތުރު މަޢްލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035525، 3035518 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

 

04 ޑިސެންބަރު 2025
ހޯދާ