ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ބޭނުންތަކަށް ވޭމަންޑޫއިން ދޫކޮށްފައިވާ ބިންތަކުގައި ހުރި ރުއްގަހުގެ ނީލަންކިއުމާއިގުޅޭ

އިޖުތިމާޢީ އެކިއެކި މަޝްރޫޢުތަކަށް ހިންގުމަށް ވޭމަންޑޫއިން ހާއްޞަކޮށްފައިވާ، ހަތަރު ބިމުގައި ހުރި ރުއްގަސްތައް ނީލަންކިއުން 11 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހު  10:00 ގައި ވޭމަންޑޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ. މިގޮތުން ނީލަން ކިޔާނީ ކޮންމެ ބިމެއް ވަކިން އެބިމުގައި ހުރި ހުރިހާ ރުކެއް އެއްކޮށްލައިގެން ކިޔާގޮތަށެވެ.

1 މަސްޖިދުއްތަޢާވުންގެ ހުޅަނގުންއޮތް ބިމުގައިހުރި 1 ން 50 އަށް ނަންބަރު ޖަހާފައިވާ ރުއްތައް، ނީލަން ފެށޭއަގަކީ -/225 ރުފިޔާއެވެ. އަދި މިބިމުގެ ނީލަމަށް އިތުރުކުރެވޭ އެންމެ ކުޑައަގަކީ ފަހަރަކު -/5 ރުފިޔާއެވެ.

2 މަސްޖިދުއްތަޢާވުންގެ އިރުންއޮތް ބިމުގައިހުރި 1 ން 21 އަށް ނަންބަރު ޖަހާފައިވާ ރުއްތައް، ނީލަން ފެށޭއަގަކީ -/105 ރުފިޔާއެވެ. އަދި މިބިމުގެ ނީލަމަށް އިތުރުކުރެވޭ އެންމެ ކުޑައަގަކީ ފަހަރަކު -/5 ރުފިޔާއެވެ.

3 ރޯޝަނީމަގުގެ ދެކުނުކޮޅުން މި މަގުގެ ހުޅަނގުން، ކުރިމަގުގެ ދެކުނުން ދުނބުރިމަގުގެ އުތުރުން ވޮލީކޯޓް ޤާޢިމްކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި 1 ން 107 އަށް ނަންބަރު ޖަހާފައިވާ ރުއްގަސްތައް، ނީލަން ފެށޭއަގަކީ -/535 ރުފިޔާއެވެ. އަދި މިބިމުގެ ނީލަމަށް އިތުރުކުރެވޭ އެންމެ ކުޑައަގަކީ ފަހަރަކު -/5 ރުފިޔާއެވެ.

4 ނަރުދަމާ ސައިޓްގެ ދެކުނުން ކުނި މެނޭޖުކުރާ ސެންޓަރ ޤާޢިމްކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި 1 ން 84 އަށް ނަންބަރު ޖަހާފައިވާ ރުއްގަސްތައް، ނީލަން ފެށޭއަގަކީ -/420 ރުފިޔާއެވެ. އަދި މިބިމުގެ ނީލަމަށް އިތުރުކުރެވޭ އެންމެ ކުޑައަގަކީ ފަހަރަކު -/5 ރުފިޔާއެވެ.

 

ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން ތިރީގައި މިދަންނަވާގޮތަށް ޢަމަލު ކުރަންޖެހޭނެއެވެ.

v  ނީލަމުން ރުއްގަސްނަންގަވާ ފަރާތްތަކުން ރުއްގަސް ކަނޑައި، ނުވަތަ ނަގައިގެން ގެންދަންވާނީ، އެބިމެއްގައި ހުރި ރުއްގަހަށް ނީލަމުންނެގި އަގަށްވާ ފައިސާ މިއިދާރާއަށް ދެއްކެވުމަށް ފަހުގައެވެ.

v  ރުއްގަސް ނީލަމުން ނެންގެވި ފަރާތްތަކުން ނީލަންކިޔާ ދުވަހުން ފެށިގެން ރަސްމީ 2 ދުވަހުގެތެރޭ ފައިސާދައްކާ ނިންމަވަން ވާނެއެވެ.

v   ނީލަމުން ނެންގެވި ރުއްގަސް ނަގަންވާނީ ބިމުން ފެށިގެން އެއްފޫޓް އަޑިންނެވެ.

v  ނީލަމުން ނެންގެވި ފަރާތުން، އެބިމެއް ސާފުކޮށް ލެވެލް ކުރަންވާނެއެވެ. 

v  އަދި ރުއްގަސް ކަނޑައި، ނުވަތަ ނަގައިގެން ގެންދިއުމުގައި  އަދި ބިންސާފު ކުރުމުގައި އުފެދޭކުނި ކައުންސިލުން ކަނޑައަޅާތަނަކަށް ގެންދަންވާނެއެވެ.

v  ރުއްގަސް ނެގުމުން އުފެދޭ ވަޅުގަނޑަށް ފަސްއަޅައި ފުރުވަންވާނެއެވެ.

v  ނީލަމުގެ އަގަށްވާ ފައިސާ ކައުންސިލަށް ދައްކާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނީލަމުން ނެންގެވި ރުއްގަސްތައް ކަނޑައި ނުވަތަ ނަގައިގެން ނުގެންގޮސް ހުރި ރުއްގަހާއި، މުއްދަތުގައި ފައިސާ ނުދައްކާހުރި ރުއްގަސްތައް ކައުންސިލުން ނަގައި ނައްތާލެވޭނެއެވެ. އަދި ނީލަމުން ރުއްގަހަށް ފައިސާ ދައްކާފައި ވީނަމަވެސް، އެފައިސާ އަނބުރާ ދެވެން ނޯންނާނެއެވެ.

v  ބިމުގައިވާ ރުއްގަސް ކަނޑައި ދަރަށްހެދުމަށްފަހު ދަރުތައް ގޯތިން ބޭރުކުރެވޭނީ މުޅިބިން އެއްކޮށް ސާފުކުރުމަށްފަހުގައެވެ.

v  ރުއްގަސް ނަގައިގެން ރަށުންބޭރަށް ގެންދަވަނީނަމަ ހަމަޖެހިފައިވާ އިޖުރާޢަތްތައް ފުރިހަމަ ކުރެއްވުމަށްފަހު، ހަމަޖެހިފައިވާ އުޞޫލުން ރުއްގަސް ރަށުންބޭރަށް ގެންދެވިދާނެ ކަމުގައި ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2025
ހޯދާ