ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ވަށާފާރު ރާނައި ފެންސްޖެހުން

އަންދާސީހިސާބު ހޯދުން

* ފުޓްސަލްދަނޑުގެ ވަށާފާރު ރާނައި ފެންސް ޖެހުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ، ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ހދ.ނޭކުރެންދޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 18 ވާ ބުދަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ނޮވެންބަރު 26 ވާ ބުރާސްފަތިދުވަހުގެ 11:00އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6520042 އަށް ގުޅުއްވުން އެދެމެވެ.

މާކްސް ދެވޭ ކްރައިޓީރިޔާ

މާކްސް ދެވޭނެގޮތް

ތަފުސީލު

މަސައްކަތުގެ އަގަށް

65%

* ޚިދުމަތުގެ އަގަށްދޭ މާކްސް

* މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

* މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މުއްދަތު

20%

* މަސައްކަތް ނިންމާނެ މުއްދަތު

* މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުއްދަތުތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރުމުއްދަތެއް އެއީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައިލިބޭ % (އިންސައްތަ)

* މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުރުމުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ފަރާތަކަށެވެ.

ތަޖުރިބާ

10%

* މަސައްކަތާގުޅޭ ދާއިރާގައި އެންމެ ގިނަދުވަހު މަސައްކަތްކޮށް އަދި ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ދެވޭ މާކްސް.

* މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތާގުޅޭ ދާއިރާގައި އެންމެ ދިގުމުއްދަތެއް ހޭދަކޮށް، އަދި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 ރަޖަބު 1436

26 އޭޕްރިލް 2015
ހޯދާ