މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ފަރާތެއް ހޯދުން

1447 ވަނަ އަހަރުގެ ރަމަޟާންމަހު ނ.ކުޑަފަރި މަސްޖިދުލް އިބާދާތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡެއް ހޯދާން ބޭނުންވެއެވެ.

ވީމާ، 1447  ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘުކޮށް އިމާމްވެ ތަރާވީޙު ނަމާދު ކުރާނެ ޙާފިޡެއް މިކައުންސިލަށް ހޯދައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއެ އެއްކަރުދާސްކޮށްފައިވާ އަގު ހުށައަޅާ ފޯމް ފުރިހަމަކުރުމަށްފަހު     2025 ޑިސެންބަރު 09 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ އަގު ހުށަހަޅައި ދެއްވުން އެދި ދެންނެވީމެވެ. އީމެއިލް ގެ ޒަރިއްޔާއިން އަގު ހުށައެޅުމަށް ބޭނުންވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް އަގު ހުށައަޅާ ފޯމް އީމެއިލް ކުރެއްވުން އެދެމެވެ. އަގު ހުށައެޅުމަށް ތައްޔާރުކޮށްފައިވާ ފޯމް މި އިއުލާނާއި އެއްކަރުދާސްކޮށް އަދި ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

04 ޑިސެންބަރު 2025
ހޯދާ