މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"އިމްޕްލިމެންޓިންގް ސަސްޓެއިނަބަލް ލޯ އެންޑް ނަން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް" މަޝްރޫއު އަށް ކޮމިއުނިކޭޝަން ކޯޑިނޭޓަރއެއް ހޯދުމާއި ގުޅޭ

"އިމްޕްލިމެންޓިންގް ސަސްޓެއިނަބަލް ލޯ އެންޑް ނަން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް" މަޝްރޫއު އަށް ކޮމިއުނިކޭޝަން ކޯޑިނޭޓަރއެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ކުރިޔަށް ގެންދާ "އިމްޕްލިމެންޓިންގް ސަސްޓެއިނަބަލް ލޯ އެންޑް ނަން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް" މަޝްރޫއަށް ކޮމިއުނިކޭޝަން ކޯޑިނޭޓަރއެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 11 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1200 ގެ ކުރިން ތަޢުލީމީ ފެންވަރު އަންގައިދޭ އެކްރެޑިޓަޑް ސެޓިފިކެޓްތަކާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، ޕްރޮޖެކްޓް މުވައްޒަފެއް ނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ "ނޯ އޮބްޖެކްޝަން" ސިޓީ އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. 

 

ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް ފުރިހަމަ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ. 

 

މިމަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 9 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

"އިމްޕްލިމެންޓިންގް ސަސްޓެއިނަބަލް ލޯ އެންޑް ނަން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް" މަޝްރޫއު އަށް ކޮމިއުނިކޭޝަން ކޯޑިނޭޓަރއެއް ހޯދުމާއި ގުޅޭ

ހިޔުމަން ރިސޯސް ޑިވިޜަން

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

ވެލާނާގެ، 5 ވަނަ ފަންގިފިލާ، މާލެ، 20096، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.

04 ޑިސެންބަރު 2025
ހޯދާ