ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                                          c                  

      ނޫމަރާ ސްކޫލް

   ނޫމަރާ ދިވެހިރާއްޖެ             

ނަންބަރު: GS102/IUL/2025/15

 

 

އިޢުލާނު  

 

2026 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

                    2026 ޖެނުއަރީ 01 ން  2026 ޑިސެމްބަރ 31 އަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

މަޢުލޫމާތު ދިނުމުގެ ސެސަން

އަންދާޒީ ހިސާބު ހުށަހެޅުމާއި ކެނޑުން

14 ޑިސެމްބަރ 2025       މެންދުރުފަހު 13:30

16 ޑިސެމްބަރ 2025       މެންދުރުފަހު 13:30

 

                   މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ތަމްސީލްކުރާ ކުންފުނި / ވިޔަފާރި އެނގޭނެގޮތައް ސިޓީއަކާއިއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޞިރުވާއިރު ތަމްސީލް ކުރާ ކުންފުނި / ވިޔަފާރީގެ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) އިން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' ނޫމަރާ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތަކާއި ފުރިހަމަކުރަންޖެހޭ ބައިތައް ރަނގަޅަށް ފުރިހަމަނުވާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

                     ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

                             14 ޖުމާދަލްއާޚިރަހް 1447

                             04 ޑިސެމްބަރ 2025

 

 

 

04 ޑިސެންބަރު 2025
ހޯދާ