ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތައް މ. މަޑުއްވަރީ ކައުންސިލް އިދާރާގެ 2 ކޮޓަރީގެ އެކޮމަޑޭޝަން ބްލޮކް އެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބީލަން ރަޖިސްޓްރީ ކުރުން:
2025 ޑިސެމްބަރ 10 ދުވަހުގެ 13:00 ގެ ކުރިން https://forms.fillout.com/t/cvgs3NdVoAus ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް
ބީލަން ހުށަހެޅުން:
2025 ޑިސެމްބަރ 18 ދުވަހުގެ 11:00 ގައި މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ މުޝާވިރު މާލަމުގައި (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް (ޕަވަރ އޮފް އެޓާނީ) ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
މ.މަޑުއްވަރި ، ދިވެހިރާއްޖެ
ފޯން: 6720039
އީމެއިލް [email protected]:
ވީމާ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
