މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންނަމާދޫ ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

 (IUL)307/INDIV/2025/64:ނަންބަރު

2026 ވަނަ އަހަރަށް އިންނަމާދޫ ޕްރީ ސުކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލަމެވެ. ޕްރީ ސްކޫލުގެ 2026 ވަނަ އަހަރު (ދިރާސީ އައު އަހަރު) ގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުއެވެ. މި އިޢުލާނާއިއެކު "އިންނަމާދޫ ޕްރީ ސްކޫލް" ގެ އަސާސީ ޤަވާއިދު އަދި ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ހިމެނިފައިވާނެއެވެ. ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު 25 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހަގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދައްނަވަމެވެ.

ސްކޫލަށް ކުދިން ވެއްދުމުގައި ބަލާނެ ގޮތް

2026 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް

ގްރޭޑް

   2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ބޭބީ ނާސަރީ

   2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

ނާސަރީ

  • އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
  • 2026 ވަނަ އަހަރުން ފެށިގެން ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ، ފާއިތުވާ އަހަރުގެ 31 ޑިސެންބަރަށެވެ.

ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަށް

  1.  ކުއްޖާގެ އައިޑެންޓިޓީ ކާރޑުގެ އަސްލާއި ކޮޕީ/ އުފަންދުވަހުގެ ސެރޓިފިކެޓްގެ އަސްލާއި ކޮޕީ
  2.  ކުއްޖާގެ ބައްޕަގެ އައިޑީކާޑުގެ ކޮޕީ
  3.  ކުއްޖާގެ މަންމަގެ އައިޑީކާޑުގެ ކޮޕީ
  4.  ކުއްޖާ އަށް ވެކްސިން ދެވިފައިވާގޮތް އަންގައިދޭ ވެކްސިން ކާޑްގެ އަސްލާއި ކޮޕީ

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ތިރީގައިމިވާ ފަރާތްތަކާއި ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  • އާމިނަތު ސަމާހާ (ކައުންސިލް މެންބަރ) – ފޯން: 7585958
  • އާއިޝަތު ސަމާހާ (ކައުންސިލް މެންބަރ) – ފޯން: 9116410

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2025
ހޯދާ