ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ނީލަން ކިޔުން

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މާލެ، ދިވެހިރާއްޖެ

ނީލަން ކިޔުން

ތާރީޚް

12 ޖުމާދަލްއާޚިރާ 1447

3 ޑިސެންބަރު 2025

ނަންބަރު

IUL)179-3.3/179/2025/30)

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ފައިލް ކެބިނެޓް އަދި ފަރުނީޗަރު ފަދަ ތަކެތި) 08 ޑިސެންބަރު 2025 ވާ ހޯމަ ދުވަހު ދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ

ނީލަން އޮންނަ ތަން:      

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މއ.އުތުރުވެހި/ 5 ވަނަ ފަންގިފިލާ

ކެނެރީ މަގު/ ކ.މާލެ

މުދާ ބެލޭނެ އިންތިޒާމް

ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް 08 ޑިސެންބަރު 2025 ވާ ހޯމަ ދުވަހު  15:15 ގައި އޮންނާނެއެވެ.

ނީލަން ގަޑި:

15:30 (08 ޑިސެންބަރު 2025  ( ވާ  ހޯމަ ދުވަހު )

ފައިސާ ދެއްކުން:

ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ.

މުދާ ގެންދިއުން:

ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ.

އިތުރު މަޢުލޫމާތު:

 

މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު (ލިސްޓް 1) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

-----------------------------------------

 

 

 

 

 

 

 

03 ޑިސެންބަރު 2025
ހޯދާ