މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހިންގަމުންދާ ސަބާ ޕްރޮޖެކްޓުގެ ދަށުން ލ.ގަމުގައި ޤާއިމުކުރާ ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ކުރުމަށް ހަމަޖެހިފައިވާ މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ނޮވެންބަރު 2015 ވާ އަންގާރަދުވަހުގެ 11:00 އަށް މ.ބޭންފްވިލާގެ ދެވަނަ ފަންގިފިލާއަށް ނުވަތަ ލ.ގަމުގެ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 26 ނޮވެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މ.ބޭންފްވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްހޯލުގައި އަދި ލ.ގަމުގެ ސިޓީ ކައުންސިލްގެ އިދާރާގައެވެ. 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި އަދި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015
ހޯދާ