އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 މިސްކިތުގެ ގޯތިތެރެއާއި ގޯތިތެރޭގައިވާ އެންމެހާ ތަންތަން ސާފުކޮށް ބެލެހެއްޓުން އައުޓްސޯސްކުރުން

             މިރަށު ހުކުރު މިސްކިތުގެ ގޯތިތެރެއާއި، ގޯތިތެރޭގައިވާ އެންމެހާ ތަންތަން އަދި އިނާރާ މިސްކިތުގެ ގޯތިތެރެއާއި ގޯތިތެރޭގައިވާ އެންމެހާ ތަންތަން 2 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނަ ތާރީޚާއި ތަން: 11 ޑިސެމްބަރ 2025  ގަޑި:13:00 (އދ.ދިގުރަށު ކައުންސިލްގެ އިދާރާ ޖަލްސާކުރާ މާލަން)
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ މުއްދަތު: 02 ޑިސެމްބަރ 2025 އިން 11 ޑިސެމްބަރ 2025 ބުރާސްފަތި ދުވަހުގެ 14:00
  • ބީލަން ފޯމްގެ އަގު: -/50 (ފަންސާސް) ރުފިޔާ
  • ބީލަން ފޯމް ހުށަހަޅަންޖެހޭ ތާރީޚް: 18 ޑިސެމްބަރ 2025 ބުރާސްފަތި ދުވަހުގެ 13:00
    •  ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
    •  ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

               މި މަސައްކަތުގެ "މަޢުލޫމާތު ޝީޓާއި، ބީލަން ރަޖިސްޓްރީކުރާ ފޯމް އަދި ބީލަން ހުށަހަޅާ ފޯމު" މިއަދުންފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ޑިސެންބަރު 2025
ހޯދާ