އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކާރަކާއި ވޭނެއް ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

ކާރަކާއި ވޭނެއް ސިޓީލާ ނީލަމުގައި ވިއްކާލުން

  މި އިދާރާގެ ދެވެހިކަލް ނީލަމުގައި ވިއްކާލުމަށް ކުރެވުނު  ނަންބަރ: (IUL) 426- CA/426/2025/578 (21 އޮކްޓޫބަރ 2025 ) އިޢުލާނަށް އެއްވެސް ފަރާތަކުން އަގުހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ނީލަން ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

  ނީލަން ކުރިޔަށް ގެންދުމަށް ހަމަޖެހިފައިވަނީ 03 ޑިސެމްބަރ 2025 ދުވަހުންފެށިގެންނެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން އަގުހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ " NL04 ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކޮށް، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ބަންދުނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގެކުރިން މިއިދާރާގެ ކައުންޓަރަށް، ނުވަތަ މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލް ފޮނުއްވައިދެއްވުން އެދެމެވެ. ކޮންމެ ދުވަހަކުވެސް މެންދުރު 12:00އާއި ހަމައަށް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00 ގައި މިއިދާރާގެ ފޭސްބުކް ޕޭޖްގައި ޢާއްމު ކުރެވޭނެއެވެ.

  ވެހިކަލް ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00ން 11:00ށް މިއިދާރާއަށް ވަޑައިގަތުމުން ވެހިކަލް ދައްކާލުމުގެ އިންތިޒާމު ހަމަޖައްސަވައި ދެވޭނެއެވެ.

  ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގަށް ނީލަން ނިންމާލެވޭނެއެވެ. ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭދުވަހުން ފެށިގެން ރަސްމީ 03 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދެއްކެވުމުން ނީލަން ކާމިޔާބުކުރިފަރާތައި ވެހިކަލް ހަވާލުކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކަވައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅިފަރާތައް އެފުރުސަތު ދެވޭނެއެވެ. ދެވަނައަށް އަގުހުށަހެޅިފަރާތުން މުއްދަތުގެތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލުކުރެވޭނެއެވެ.  އަދި މިއިޢުލާނާއި ގުޅިގެން 07 ޑިސެމްބަރ 2025 ގެ ނިޔަލަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާނަމަ މި އިޢުލާން ބާޠިލުކުރެވޭނެއެވެ.  

 

ވެހިކަލް ނަންބަރ

ނީލަން ފަށާއަގު

ނީލަމަށް އިތުރުކުރެވޭނެ އެންމެކުޑަ އަގު

B1A 1604  ކާރު

20,000.00 ރުފިޔާ

2,000.00 ރުފިޔާ

B1B 1518 ވޭން

50,000.00 ރުފިޔާ

2,000.00 ރުފިޔާ

12 ޖުމާދަލް އާޚިރާ 1447

02 ޑިސެމްބަރ 2025

02 ޑިސެންބަރު 2025
ހޯދާ