ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ 12 ޑިސެމްބަރ 2025 ވާ ހުކުރު ދުވަހުއެވެ. މި މަސްރޭހުގައި ބައިވެރިވާން އެދޭ ޓީމްތަކުން 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ހުށަހެޅުން އެދެމެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/Ma5mr6GJKAVPTdPR9
މި މުބާރާތުގެ ޤަވައިދު މި އިޢުލާނާއެކު އާއްމުކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6528117 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނުވަތަ[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
02 ޑިސެންބަރު 2025
ހޯދާ
