ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

ކޯޓް އޮފިސަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)، ލިވިންގ އެލަވަންސް -/2700 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން (ޑީ) ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި (ދިވެހި) މި މާއްދާއިން ދަށްވެގެން (ސީ) ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

1- ޝަރީޢަތާގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާއި ޝަރީޢަތާ ގުޅުންހުރި މުޢާމަލާތްތައް ހިންގުން.

2- ޝަރީޢަތުގެ މަޖިލިހުގެ ކަންތައް ބެލެހެއްޓުން.

3- ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތައްކުރުން.

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2015 ނޮވެންބަރު 19 ވަނަ ދުވަހުގެ 13:00

 

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަވިއުއަށް ދައުވަތުދެވޭނީ، ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައިގެން، އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް  އެދޭ  ފޯމު  މި  ކޯޓުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  މި  ކޯޓުގެ  ވެބްސައިޓް www.criminalcourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ކޯޓުގެ ނަންބަރު: (27.10.2015) 145-A/2015/59 އިޢުލާން ބާޠިލުކޮށްފީމެވެ.

22 މުޙައްރަމް 1437

05 ނޮވެންބަރު 2015
ހޯދާ