މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މަސް ރޭސް

އިޢުލާނު

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މަސް ރޭސް

                  މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހު މަސްރޭހެއް ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ރަތްމަންދޫ ، މަޑިފުށި ޕްރައިވެޓް އައިލެންޑް، މ.މަޑުއްވަރި އަދި މ.ދިއްގަރުގެ ޓީމުތަކަށް ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. މަސްރޭހުގައި ބައިވެރިވެވޭނީ މަދުވެގެން 2 މީހުން އަދި  ގިނަވެގެން 6 މީހުން ހިމެނޭގޮތަށް ޓީމެއް އެކުލާވާލައި، މަސްރޭހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅައިގެންނެވެ. މަސްރޭހުގައި އެޓީމަކުން ބާނާ މަހާމެދު ޢަމަލު ކުރާނެ ގޮތެއް ނިންމާނީ އެޓީމަކުންނެވެ.

                  މަސްރޭހުގައި އެއްމެ ގިނަ މަސް (ބަރުދަނުން) ބާނައިގެން 1 ވަނަ އަށް ދާ ޓީމަކަށް -/ 5000 (ފަސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމަކާއި ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ދާ ޓީމަކަށް  -/ 3000 (ތިންހާސް ރުފިޔާ) ގެ ފައިސާގެ އިނާމަކާއި ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  އަދި 3 ވަނަ އަށް  ދާ  ޓީމަކަށް -/ 1500 (އެއްހާސް ފައްސަތޭކަ ރުފިޔާ) ގެ ފައިސާގެ އިނާމަކާއި ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރުމަސް ބާނައިގެން ރަސްކެޔޮޅަށް ހޮވޭ ފަރާތަކަށް -/1000 (އެއް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމަކާއި ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

                   މަސްރޭހުގެ ޤަވާއިދު އަދި މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް މިޢިއުލާނާއެކު ވާނީ، އެއްކަރުދާސް ކުރެވިފައެވެ.  މަސްރޭހުގައި ޓީމުތަކުން ބޭނުންކުރާނެ ކުލަ، ބައިވެރިވުމަށް ފޯމް ހުށަހަޅާ ތަރުތީބުން ގުރުއަތު ނެގުމަށްފަހު ކަނޑައަޅާނީ މި ކައުންސިލުންނެވެ.

                   ވީމާ މި މަސްރޭހުގައި ބައިވެރިވަން ބޭނުންވާ ޓީމުތަކުން 07 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މ.ރަތްމަންދޫ ކައުންސިލް އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް [email protected] އަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7609879 އަށެވެ.

                      02 ޑިސެމްބަރ 2025

02 ޑިސެންބަރު 2025
ހޯދާ