ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ މާރިޗު 27 އިން އޭޕްރީލު 11 އަށް ތުރުކީގެ އަޑަނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އަޑަނާ ތިއޭޓަރ ފެސްޓިވަލް، އަދި 2026 ވަނަ އަހަރުގެ އޭޕްރީލު 03 އިން 12 އަށް ތުރުކީގެ ބުރުސާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ބަލްކަން ކަންޓްރީސް ތިއޭޓަރ ފެސްޓިވަލް ގައި ދިވެހިރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
މި ފެސްޓިވަލްތަކުގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް އަޑަނާ އާއި ބުރުސާގައި ހުރުމާއި ކެއުމުގެ ޚަރަދުގެ އިތުރުން އެތެރޭގެ ދަތުރުފަތުރުގެ ޚަރަދު ވެސް މި ފެސްޓިވަލްތައް އިންތިޒާމް ކުރައްވާ ފަރާތްތަކުން ހަމަޖައްސަވައިދެއްވާނެއެވެ.
ވީމާ، މި ފެސްޓިވަލްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރައްވައި، މި ސެންޓަރުގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މި ސެންޓަރުގެ ނަންބަރު 3336868 އާއި ގުޅުއްވުން އެދެމެވެ.
