ދިވެހިރާއްޖެ
ރ އަތޮޅު ކައުންސިލާއި ގުޅިގެން ޑައިވިންގ ކޯހެއް ބާއްވައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ: (IUL)229-A/229/2025/36 - ގައި އަންދާސީ ހިސާބު ބަލައިގަތުމުގެ ތަނެއް އަދި ވަގުތެއް ޖެހިފައިނުވާތީ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
ރ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން މިއިދާރާގެ ފަރާތުން "ޕަޑީ ސެޓިފައިޑް އޯޕަން ވޯޓަރ ޑައިވިންގ ކޯސް" އެއް ރ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
| މުއާމަލާތް | ތާރީޚް | ގަޑި | ތަން |
| ބިޑުގައި ރެޖިސްޓަރވުން | 04 ޑިސެމްބަރ 2025 | 12:00 | [email protected] |
| ޕްރޮޕޯސަލް ހުށަހެޅުން | 10 ޑިސެމްބަރ 2025 | 11:00 | ސެމިނަރ ރޫމް - ރ އަތޮޅު ކައުންސިލް އިދާރާ |
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
___________________________________________________________________________
މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
